ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ލަންކާއަށް ވަޑައިގަންނަވަނީ

4 months ago

އަފްރާހް

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މުސާ ޒަމީރު ސްރީލަންކާ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.


ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ އެގައުމުގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިނިސްޓަރ ފުރާވަޑައިގަންނަވާނީ ޖޫން 3 ވާ ހޯމަ ދުވަހު ކަމަށެވެ.


ޖޫން 6 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނާވަރުދެނާ އާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ދެއްކެވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެގައުމުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަޝްވަރާ ކުރައްވާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.


މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން މޫސާ ޒަމީރު ސްރީލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު