ބައްޝާރުލް އަސަދު އާއި އާއިލާ ސީރިޔާ ދޫކޮށް ފިއްލަވައިފި

2 weeks ago

އަފްރާހް

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ސޫރިޔާ ދޫކޮށް ފިއްލަވައިފިއެވެ.


ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްޝާރާއި އާއިލާ ފިއްލަވާފައިވަނީ ސީރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިން ދިމިޝްގަށް އެރުމުންނެވެ. އަދި ބައްޝާރުގެ ޒަމާންވީ އަނިޔާވެރި ވެރިކަން ނިމިފައިވާކަން ވެސް ވަނީ އަންގާފައެވެ.


ބައްޝާރު ސީރިޔާ އިން ފިއްލަވައިގެން ވަޑައިގެންނެވިއިރު، ހިމާޔަތް ދޭނެކަމަށް ބެލެވެނީ ރަޝިއާ، އީރާން އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންނެވެ.


ސީރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިންވަނީ ރޭ ފަތިހު އެމީހުންގެ ބާރުތައް ވެރިރަށް ދިމިޝްގަށް ވަދެގަނެ ސޫރިޔާގެ ރަސްމީ ޓީވީ އާއި ރޭޑިއޯ އަދި ސަރުކާރުގެ ބައެއް އިމާރާތްތައް ހަނގުރާމައަކާނުލައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަކަން ކަށަވަރުކޮށްދީފައެވެ.


ސީރިޔާގެ ވެރިކަމުގައި ހުންނަވާތާ ވެސް 24 އަހަރު ވެފައިވާ، އުމުރުން 59 އަހަރުގެ ބައްޝާރުގެ ވެރިކަން ނިމުމަކަށް އައިސްފައިވާއިރު، މިއީ ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާރޗް، 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު