ޓާޓާ ހައުސިންގއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުންމަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމްއާއި ޓާޓާ ހައުސިންގ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މިސްޓަރ ސަންޖޭދަތު އަދި އެ ކުންފުނީގެ އިސް މެނޭޖްމަންޓް ޓީމާއި އެކުގައެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޓާޓާ ހައުސިންގ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކުގެ ކުރިއެރުމާއި، އެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ. އަދި ދިމާވާނެ އެއްވެސް ދަތިތަކެއް ހުރިނަމަ އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގެ ސަބަބުން ޓާޓާ ހައުސިންގ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އިތުރު ބާރެއް ލިބި، ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާއެއް ނިކުންނާނެ ކަމަށް އުންމީދުކުރެވެއެވެ.