ކެފޭއެއްގެ ބަދިގެތެރެއަށް ދުން ލީކުވެ، ދުމުގެ އަސަރުކުރި ބަޔަކަށް ފަރުވޭ ދެނީ

5 months ago

އަފްރާހް

ކެފޭއެއްގެ ބަދިގެތެރެއަށް ދުން ލީކުވެ، ދުމުގެ އަސަރުކުރި ބަޔަކަށް ފަރުވޭ ދޭން ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭ ދުންހޮޅިން، ބަދިގެ ތެރެއަށް ދުން ލީކުވުމުން ކަމަށެވެ. އަދި އެ ހާދިސާގައި ހަތް މީހަކު އަނބުރައިގަތުމުގެ ސަބަބުން އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބުނީ މޭ 13 ވަނަ ދުވަުގެ ފަތިހު 05:50 ހާއިރު ކަމަށެެވެ.


މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން ދަނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކާއި ނޭޕާލުގެ ތިން މީހަކަށް ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ އޭގެތެރެއިން އެކަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުތަކުން މައުލޫމާތު ދޭ ކަމަށެވެ.


މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އަދިސާފުވެފައެއް ނުވާއިރު، މި މައްސަލަ ގެންދަވަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު