ދިވެހިންނަކީ މިސްކިތްތަކަށް ވަރަށް ގަދަރުކުރާ ބައެއްކަން ތާރިޚުން ހެކިދޭ: ޑރ. ޝަހީމް

4 months ago

އަފްރާހް

ރާއްޖޭގެ ތާރީޚުގައި ވެސް ދިވެހިންނަކީ މިސްކިތްތަކަށް ވަރަށް ގަދަރުކުރާ ވަރަށް ރަނގަޅަށް ބެލެހެއްޓި ބައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ކީރިތި ޤުރްއާނުންނާއި ރަސޫލާގެ ސުންނަތުން މިސާލުނަންގަވާ، މިސްކިތްތަކުގެ މާތްކަމާއި މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗައް ދީނީ ނަޒަރަކުން އަލިއަޅުވައިލައްވާފައެވެ.


އެގޮތުން މިސްކިތުގެ ތެރެއަށް ވެއްޓިފައި އޮންނަ ކުނިކޮޅު ނަގާ ސާފުކުރުމަކީ ވެސް ހެޔޮ ކަމެއްކަމަށާއި މިސްކިތްތައް ލޯބިން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ސަވާބާއި ދަރުމަ ލިބޭކަމެއްކަން މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ.


މީގެއިތުރުން މިސްކިތްތައް ސާފްތާހިރުކޮށް ބެލެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި މިސްކިތްތައް ސާފުކުރުމުގެ މަސައްކަތާއި ދިވެހިން ހަވާލުވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި މިސްކިތްތައް ސާފުކުރުމަކީ އެކަން ކުރާބަޔަކަށް އޭގެ ހެޔޮކަން އެކިގޮތްގޮތުން ލިބިގެންދާނެކަމެއް ކަމުގައި ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު