ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ

4 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މިފަދައިން ވިދާޅުވީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރުއްވާފައިވާ މޫސުމީ ބްލެޓިންގ ގައެވެ.


މޫސުމީ ބްލެޓިންގ ގައި ވާގޮތުން ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.


ރާޅުގެ އުސްމިން ހުންނާނެކަމަށް އެ އިދާރާ އިން ލަފާކުރައްވާފައިވަނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.


މިއަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފަށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރައްވާފައެވެ. އެގޮތުން ޖުލައި، އޮގަސްޓް، އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އާންމު އެވްރެޖަށް ވުރެ މައްޗަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރައްވައެވެ.


އެހެންނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު