މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާޚާނާ ހަދަނީ

4 months ago

އަފްރާހް

މާލޭ ސަރަހައްދުގައި 5 ތަރީގެ ފާޚާނާތަކެއް ހެދުމަކީ އަމާޒެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.


މޭޔަރު ވިދާޅުވީ މިހާރުވަނީ އެ މަސައްކަތް ފަށާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުންނާނީ 5 ތަރީގެ ރީތި ފާޚާނާތަކެއް ކަމަށެވެ.


މިސްކިތްތަކަކީ ސާފުކޮށް އޮންނަން ޖެހޭ ކަމަށާއި އެތަންތަން ސާފުކޮށް، ރީތިކޮށް ބެހެއްޓުމަކީ ގައުމެއްގެ ކުރިއެރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.


މިސްކިތްތަކުގެ ފާޚާނާތައް ސާފުކޮށް، ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، މޭޔަރު ވަނީ އެކަން އެގޮތަށް ހުރިނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. ކަމެއް ކުރުމުގައި ދަތިކަމެއް ކުރިމަތިވި ނަމަވެސް އެއީ އެކަމެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން އާޒިމް ވަނީ އިތުރު ހިތްވަރާ އަޒުމާއެކު އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކަމެއް ކުރަން ދަތިވުމަކީ އެކަމެއް ނުކޮށް ދޫކޮށްލަން ލިބޭ ސަބަބެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު