ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ސައްތާރު، ނައިބަކަށް އިސްމާއިލް

4 months ago

އަފްރާހް

މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މުހައްމަދު އަބުދުއްސައްތާރު އިންތިހާބުކޮށްފިއެވެ.


އެ އެސޯސިއޭޝަންގެ އައު ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްސައްތާރު، ރައީސްގެ މަގާމަށް އިންތިހާބުވީ 64 ވޯޓާއެކުގައެވެ. އަދި އެ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް 63 ވޯޓާއެކު ހޮވުނީ އިސްމާއިލް އަލީއެވެ.


މީގެއިތުރުން އައު ހިންގާކޮމެޓީގެ އިތުރު މަގާމުތަކަށް ވެސް ވަނީ މެމްބަރުން އިންތިހާބުކޮށްފައެވެ. އެގޮތުން ޚަަޒާންދާރަކަށް އިންތިހާބުކޮށްފައިވަނީ އަލީ ޝަމީމް އިންތިހާބުވިއިރު، ކޯޗުން ތަމްސީލްކުރާ ރެޕްރެޒެންޑޭޓިވް އަކަށް އިންތިހާބުވީ އަހުމަދު ފިރާސް އަފީފްއެވެ.


އައު ހިންގާ ކޮމިޓީއަށް ކްލަބްތަކުގެ ފަރާތުން އަލީފް ޢަބްދުالله ނަސީމް، އިންތިހާބުކޮށްފައިވާއިރު، ޓެކްނިކަލް އޮފިޝަލުންގެ ފަރާތުންގެ ހަސަން ސިރާރު އާއި އިންޑިވިޑުއަލް ރެޕްރެސެންޓެޓިވް ކަމަށް މުހައްމަދު ނައްވާރު އިބްރާހިމް އަދި ރަހީމާ އާދަމް ވަނީ އިންތިހާބުކޮށްފައެވެ.


ސްވިމިންގ އެސޯސިއޭޝަންގެ އިންތިހާބުގައި ކުލަބު މެންބަރުންގެ ތެރެއިން އިންތިޚާބުގައި ބައިވެރިވެ، ވޯޓުލުމަށް ފުރުޞަތުދީފައިވަނީ އިންތިޚާބުގެ ޤަވައިދުގެ 7. ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، ފުރިހަމަކޮށްފައިވާ ފޯމު، މި އިންތިޚާބުގެ ގަވައިދުގެ 2. ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ހުށަހަޅާފައިވާ ކުލަބުތަކަށް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު