ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން އަނެއްކާވެސް އަޑު އުފުލައިފި

4 months ago

އަފްރާހް

ވަރލްޑު ހެލްތު އެންސެމްބުލީގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން އަޑު އުފުލައިފިއެވެ.


މި އެސެމްބްލީގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވަނީ ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް ހިންގާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަށް ގޮވައިލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ވެސް ތަކުރާރުކޮށް ގޮވައިލެއްވިއެވެ.


މީގެއިތުރުން އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޚިލާފަށް އެތައް ކަމެއް ފަލަސްތީނާއި ދެކޮޅަށް ހިނގަމުންދާކަން ފާހަގަކުރައްވާފައިވާއިރު، އެގޮތުން ސިއްހީ ހިިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށާއި މިފަދަ ޢަމަލުތައް ހުއްޓުވަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ ޚަލީލު ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު