1 week ago
ރާއްޖޭގެ ޒުވާން، އުއްމީދު ފެތުންތެރިން ކަމުގައިވާ ޙަމްނާ އަޙްމަދު އާއި މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ރިޙާން ޝިހާމް އައު ރެކޯޑުތަކެއް ގާއިމުކޮށްފިއެވެ.
މި ތިން ފެތުންތެރިން ވެސް މި ރެކޯޑުތައް އައުކޮށްފައިވަނީ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ.
ހަންގޭރީގައި ކުރިއަށްދާ މި މުބާރާތުގެ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓު ހަމްނާ މިއިވެންޓު ނިންމާފައިވަނީ 01:20.69 އަކުންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް މީގެކުރިން އޮތީވެސް އޭނާ އަތުގައެވެ. އެއީ ހަންގޭރީގައި މިދިޔަ ނޮވެމްބަރ މަހު ބޭއްވި އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މުޙައްމަދު އާން ޙުސައިން ރެކޯޑު އައުކުރީ ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގައެވެ. މި މުބާރާތުގެ 25 މީޓަރ ގައި އާން މިރެކޯޑް އައުކުރީ 00:52.29 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު މީގެކުރިން ވެސް އޮތީ އާން އަތުގައެވެ. އެއީ ހަންގޭރީގައި ނޮވެމްބަރ މަހު ބޭއްވި އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް އައު ކުރީ އެ މުބާރާތުގެ 25 މީޓަރ ރޭސް 02:17.93 އިން ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑު މީގެކުރިން ވެސް އޮތީ އާން އަތުގައެވެ. އެއީ މިދިޔަ އޮކްޓޫބަރ މަހު ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 02:21.75 ކުން ރޭސް ފުރިހަމަކޮށްގެންނެވެ.