ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލޭ ސިވިލް ކޯޓަށް

4 months ago

އަފްރާހް

ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލޭ ސިވިލް ކޯޓަށް ބަދަލުކުރަން ނިންމައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ކްރިމިނަލް ކޯޓުން ވިދާޅުވީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަން މިހާރު ހިންގަމުންދާ އިމާރާތުގެ ޝަރީއަތް ކުރާ ތިން މާލަމެއްގައި ކްރިމިނަލް ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި ހަ ސެކްޝަނެއްގެ ޝަރީއަތްތައް ޖޫން ދެވަނަ ދުވަހުން ފެށިގެން ބާއްވާނީ އެތަނުގައި ކަމަށެވެ.


ފައިބެއަހަރުން ފެށިގެން ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ކްރިމިނަލް ކޯޓް މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވެ، ފެން ފައިބާ އިމާރާތުގެ އެއް ބައި ބޭނުން ނުކުރެވޭ ހިސާބަށް ވަނީ ގޮސްފައެވެ. އެކަމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭގޮތް ވަނީ ނުުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު