ރާއްޖެެއިން ހައްޖަ ދިޔަ ކޮންމެ މީހަަކަށް ހަދިޔާއަކަށް މުސްހަފްއަކާއި މުސައްލައެއް

4 months ago

އަފްރާހް

ރާއްޖެެއިން ހައްޖަ ދިޔަ ކޮންމެ މީހަަކަށް 'އެސޯސިއޭޝަން ފޮރ އެޑްވަކަސީ ގައިޑެންސް އެންޑް އެވެއަރނަސް އޮފް ކޮމިއުނިޓީސް' ގެ ފަރާތުން ހަދިޔާގެ ގޮތުގައި މުޞްޙަފާއި މުސައްލަ ހަދިޔާކޮށްފިއެވެ.


މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ އެހީއެއް މިހާ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވުނު ފުރަތަމަ ފަހަރެވެ.


ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް މިތަކެތި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.


މައްކާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މި ޖަމްޢިއްޔާއަކީ ފުޅާދާއިރާއެއްގައި އިސްލާމްދީނަށް ގޮވައިލުމާއި، ދީނީ މަޢުލޫމާތު ފެތުރުމާއި، ޙައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށް އަންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމްޢިއްޔާއެކެވެ.


ދިވެހި ޙައްޖު މިޝަންއިން އެ ޖަމްޢިއްޔާއާއިއެކު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޖަމްޢިއްޔާ އިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން ދިވެހި ޙައްޖުވެރިންނަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މައްކާއަށް އައިސްފައިވަނީ ހުކުރު ދުވަހުގެރޭއެވެ.


ކިޔުންތެރިންގެ ހިޔާލު