1 week ago
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ފުވައްމުލައް ލަރނިންގ ސެންޓަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުތަލުޔގެ ތެރޭގައި އެޑްވާންސްޑް ސެޓްފިކެޓުން ފެށިގެން ފީއެޗްޑީ ފެންވަރުގެ ކޯސްތައް ވެސް ހިމެނެއެވެ.
އަތޮޅުތެރޭގައި މަތީ ތައުލީމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމުކޮށްފައިވާ މި ސެންޓަރުގައި، ޕީއެޗްޑީ އިން އެޑިޔުކޭޝަން، މަރސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް ލޯކަލް ގަވަރނެންސް އެންޑް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް އިމާމް، ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް، އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި ޤުރުއާން ހިފްޒްކުރުމުގެ ކޯސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަކޮށް، ހުޅުވާލެވިފައިވާ މި ފުރުސަތާއި ގުޅޭ އިތުރު މައުލޫމާތު، އައިޔޫއެމްގެ ހޮޓްލައިން 1405 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް info@ium.edu.mv މެދުވެރިކޮށް ލިބޭނެއެވެ.
ފުވައްމުލަކު ލަރނިންގ ސެންޓަރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅޭނެއެވެ.
https://admissions.ium.edu.mv/en/register