ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިންގެ އައު ރެކޯޑުތަކެއް

6 days ago

އަފްރާހް

ހަންގޭރީގައި މިހާރުކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ ހަމްނާ އަހްމަދު އާއި މުޙައްމަދު އާން ޙުސައިން އައު ރެކޯޑުތަކެއް ހަދައިފިއެވެ.


އެގޮތުން އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އައުކުރީ 100 މީޓަރ ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:36.84 އިން ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް މީގެކުރިން ވެސް އޮތީ ހަމްނާ އަތުގައެވެ. އެއީ މިއަހަރު ހަންގޭރީގައި ބޭއްވި ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 00:37.13 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އަނެއްކާ ވެސް އައުކުރީ ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00:36.55 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން ހަމްނާ އާކޮށްފައިވަނީ ހަމަ މިމުބާރާތުގައި، 100 މީޓަރ ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:36.84 އިން ނިންމައިގެންނެވެ.


ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކުރީ ވެސް ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. މި ރެކޯޑު އައުކޮށްފައިވަނީ 00:23.35 އިން ރޭސް ނިންމައިގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، މިދިޔަމަހު ހަންގޭރީގައި ބޭއްވި އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި 00:23.76 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު