ޚަބަރު ރާއްޖެ

އައްޑޫ ސިޓީ މީދޫގައި ބީޗް ސާފުކުރުމުގެ ކޮމިއުނިޓީ ހަރަކާތެއް

އައްޑޫ ސިޓީ މީދޫގައި ކޮމިއުނިޓީ ބީޗް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

 

ޖައިކާ އާއި ގްރީން ކްލައިމެޓް ފަންޑް މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ.

 

މި ހަރަކާތުގައި މީދޫގެ އެކި މުއައްސަސާތަކުގެ މެންބަރުންނާއި، ދެފަރާތުން ބައިވެރިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ތިމާވެށި ސާފުތާހިރުކޮށް ދެމެހެއްޓުމާއި، ރައްޔިތުންގެ މެދުގައި ތިމާވެށި ރައްކާތެތިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

 


  • އައްޑޫ ސިޓީ
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް