ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް

4 months ago

އަފްރާހް

ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބިއްޖެއެވެ.


މިކަމާއިގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ލިބިފައިވާ ކަމަށެވެ.


ވާރލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ޙައްޤެއް ފަލަސްޠީނަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގައި ލިބިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސް ޑރ. މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ގައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައި ކަަމަށް ވެސް އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.


ސްވިޓްޒަރލޭންޑުގެ ޖެނީވާގައި ބޭއްވި މިއަހަރުގެ ވޯލްޑު ހެލްތު އެންސެމްބުލީގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ބައިުވެރިވެވަޑައިގެން ތަގްރީރު ކުރައްވައި، މިނިސްޓަރ ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު