ގާނޫނުލްއުގޫބާތަށް 6 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

5 days ago

އަފްރާހް

ގާނޫނުލްއުގޫބާތަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.


މިއީ ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި ބިލުގެ މައިގަނޑު މަގްސަދަކީ، ސައިބަރ ކްރައިމަކީ ގާނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، އަންނަނިވި ކުށްތައް ސައިބަރކްރައިމްގެ ގޮތުގައި ގާނޫނުލްއުގޫބާތަށް އިތުރުކުރުމެވެ.


1. ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން؛


2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން؛


3. ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން؛


4. ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން؛


5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން؛


6. ސައިބަރ ވަޔަލަންސްގެ ޢަމަލުތައް؛


7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ ޢަމަލުތައް


8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް؛


9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ ޢަމަލުތައް.


ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު