ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

5 days ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ، އެގައުމުގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ފޮނުއްވައިފިއެވެ.


އެގައުމުގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި މުހިންމު މުނާސަބަތުގައި، ދިވެހި ރައްތިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައެވެ.


މީގެއިތުރުން ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.


ބޫޓާންގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ 'އެކްސް' އެކައުންޓުން ވެސް އެމަނިކުފާނު ވަނީ ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު