މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އެމްއެންޑީއެފް ޒުވާނެއް ނިޔާވެއްޖެ

6 months ago

އަފްރާހް

މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ތަމްރީނު ހަދަމުންދިޔަ އެމްއެންޑީއެފް ޒުވާނެއް ނިޔާވެއްޖެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ނިޔާވެފައިވަނީ ހައްދުންމަތީ ކައްދޫގެ އެމްއެންޑީއެފްގެ ޓްރެއިނިންގ ސެންޓަރުން މޫދުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ހަރަކާތްތެރިވި ޒުވާނެއް ކަމަށެވެ.


އެ ހާދިސާގައި ނިޔާވެފައިވަނީ ރ. އުނގޫފާރު، ނިއު ލައިފް، މުހައްމަދު ޒައިދާން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި މިޔަރު ހަމަލާ ދީފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ ނިޔާވެފައިވަނީ ލ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޖޫން ދެވަނަ ދުވަހުގެ ރޭ 8:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު