އުރީދޫ ފަން ރަން އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް

2 days ago

އަފްރާހް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އުރީދޫ ފަން ރަން 2024 އިފްތިތާހްކޮށްދެއްވައިފިއެވެ.


މި ހަރަކާތް ކުރިއަށްދިޔައީ ޑިސެމްބަރ 20 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.


މި ރަސްމިއްޔާތުގައި 2025 ވަނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވާތަން އިއުލާން ކުރައްވާފައިވެއެވެ. އެގޮތުން އަންނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ކަނޑައަޅުއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ.


މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރަށް ހަނދާނީ ފިލާއެއްވެސް ހަވާލުކޮށްދެއްވާފައިވެއެވެ.


މިއަހަރުގެ އުރީދޫ ފަން ރަން ފެށުމުގެ ކުރިން ނައިބު ވަނީ އުރީދޫ ފަން ރަން ބައިވެރިންގެ ހާއްސަ ސެލްފީއެއް ނަންގަވާފައެވެ.


އުރީދޫ ފަން ރަން 2024 އަކީ އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 6 ވަނަ ދުވުމެވެ. މިއަހަރު ދުވުމުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު