1 day ago
މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގ ފަސް ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން މިފަދައިން ވިދާޅުވެފައިވަނީ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާތީ، ގިނަ އަދަދެއްގެ ގޭބިސީތަކުން ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާ ކަމަށެވެ. އެހެންވެ، 5،000 ވެލިބަސްތާ އެ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ދޫކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މީހުން ބަދަލުކުރަން ޖެހުނުު ގެތަކުގެތެރެއިން އެއް ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓު ގުޅިގެން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަރަށް ގެއްލުން ލިބިފައިވާ މިންވަރު ވެސް ބެލުމަށް ރަށްރަށުގެ ކައުންސިލްތަކަށް ގުޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މީހުން ބަދަލުކުރަންޖެހޭ ވަރުގެ ގެއްލުމެއް ލިބިގެން އެއްވެސް ރަށަކުން އަދި މިހައިުތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
ހުސެން
މަ ވެސް ބޭނުން ތަނެއް
1 day ago