1 day ago
އަލީ ރަމީޒު ޖަމިއްޔަތުއް ސަަލަފުން އިސްތިއުފާ ދެއްވައިފިއެވެ.
'އެކްސް' ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވަނީ އެކަން ހާމަކުރައްވާފައެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.
JamiyyathSalaf in Alhugandu isthiufaa dheefin.
— Ali Rameez (@aliramyz) December 21, 2024
حَسْبُنَا اللهُ وَنِعْمَ الْوَكِيلُ
އަލީ ރަމީޒު އެ ޖަމިއްޔާއިން އިސްތިއުފާދެއްވިއިރު، އޭނާ އަކީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި ބޭފުޅާއެވެ.
އަލީ ރަމީޒަކީ އެ ޖަމިއްޔާ އުފެދުނީއްސުރެ، ދެގޮތެއް ނުވެ ހަރަކާތްތެރުވަމުން އަންނަ ފަރާތެކެވެ. އަދި ރާއްޖޭގައި ދީނީ އިލްމު ފަތުރުއްވައި، ކުދިންނާއި މީހުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސެވުމަށް އަވަދިނެތި، ބުރަކޮށް މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދެވި ފަރާތެކެވެ.