ރާއްޖެއަންނަ ބައިނަލްއަގްވާމީ ފްލައިޓުތަކުގެ އަދަދު އިތުރުވެއްޖެ

4 months ago

އަފްރާހް

ރާއްޖެއަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ދައްކައިފިއެވެ.


މަރުކަޒީ ބޭންކުން އާންމުކުރި މަންތްލީ ސްޓެޓިސްޓިކް ރިޕޯޓްގައިވާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.


އެގޮތުން ފައިބެއަހަރުގެ ފުރަތަމަ 4 މަސްދުވަހާ އަޅާބަލާއިރު، ފައިބެއަހަރުގެ މި މުއްދަތުގައި ޝެޑިއުލް ފްލައިޓް މޫމަންޓްސް އުޅުނީ 5841 ގައެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ޝެޑިއުލްކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކޮށްފައިވަނީ 5982 ދަތުރެވެ.


މިއަހަރުގެ މި މުއްދަތުގައި ޖެނެރަލް ފްލައިޓް މޫމަންޓްސް ހުރީ 604 ގައި ކަމަށް އެ ރިޕޯޓުން ދައްކައެވެ.


މީގެއިތުރުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވެސް، ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ދައްކައެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު