ޚަބަރު ރާއްޖެ

ރާއްޖޭގެ އިގްތިސާދީ ދުރުވިސްނުމާބެހޭ ސެޝަންގައި މިނިސްޓަރ ތޯރިގް

ރާއްޖޭގެ އިގްތިސާދީ ދުރުވިސްނުމާބެހޭ ސެޝަންގައި އެންވަޔަރްމެމންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

 

މިއީ ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި "މުސްތަޤުބަލަށް އިންވެސްޓުކުރުން: ދިވެހިރާއްޖޭގެ އިގްތިސާދީ ދުރުވިސްނުމާބެހޭ ބަޙުޘެއް" މިނަމުގައި ބޭއްވި ސެޝަނެކެވެ.

 

މި ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެއްވާފައެވެ.

 

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދަށް އިންވެސްޓްކުރުމުގެ ފުރުސަތުތައް ދައްކާލުމެވެ.

 

މި ސެޝަނަކީ ދިވެހި ވަފުދާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކުން ސްޓްރެޓީޖިކް ގުޅުންތައް ހޯދުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ. މި ފޯރަމްގެ ތެރެއިން ރާއްޖޭގެ އިގުތިސާދަށް ކުރިމަގުގައި މުހިންމު ދައުރެއް އަދާކުރާނެ ދާއިރާތަކުން އިންވެސްޓްމަންޓް ހޯދުމަށް މަގުފަހިކޮށްދީފައެވެ.

 

ހާއްސަކޮށް، ފަތުރުވެރިކަން، މަސްވެރިކަން، އިއާދަކުރަނިވި ހަކަތަ، ކުނި މެނޭޖުކުރުން އަދި ފައިނޭންސް ފަދަ ދާއިރާތަކުން އިންވެސްޓްމަންޓްގެ ފުރުސަތުތައް ދިވެހި ވަފުދުން ވަނީ ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ހުށަހަޅާފައެވެ.

 

މި ދާއިރާތަކަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާނެ ދާއިރާތަކަށްވާއިރު، މިފަދަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ކަމެކެވެ.

 


  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް