ކުނބުރުދޫގައި މަދިރި ކޮންޓްރޯލު ކުރުމަށް ބޭއްވި ހަރަކާތުގައި ސްޓެލްކޯ އިން ބައިވެރިވެއްޖެ

7 months ago

އަފްރާހް

އދ. ކުނބުރުދޫގައި މަދިރި ކޮންޓްރޯލު ކުރުމަށް ބޭއްވި ހަރަކާތުގައި ސްޓެލްކޯ އިން ބައިވެރިވެއްޖެއެވެ.


އެ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އެއީ އެރަށު ހެލްތު ސެންޓަރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގައި އެރަށުގެ ހުރިހައި މުވައްސަސާތަކެއް ވެސް ބައިވެރިވެފައިވާ ކަމަށް ހާމަކުރައްވާފައި ވެއެވެ.


ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އެ ރަށުގައި ވެސް މަދިރީގެ އުނދަގޫ ބޮޑުވެފައިވާއިރު، މަދިރި ކޮންޓްރޯލް ކުރުމަށް އެ ރަށުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ސްޓެލްކޯގެ ފަރާތުން ބައިވެރިވީ ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންނެވެ. 


ސްޓެލްކޯ އަކީ ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް އިޖުތިމާއީ ދުޅަހެޔޮކަމަށް ރަށުފެންވަރުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި އަބަދު ވެސް ދައްކަވަމުންގެންދާ ނަމޫނާ މުވައްސަސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު