ހައްޖާޖީންގެ ދެވަނަ ފްލައިޓުގައި 355 މީހުން ފުރައިފި

4 months ago

އަފްރާހް

ރާއްޖެއިން ހައްޖަށް މީހުންގެ ދެވަނަ ފްލައިޓުގައި 355 ފުރައިފިއެވެ.


އެމީހުން ފުރާފައިވަނީ ޖޫން ދެވަނަ ދުވަހުގެ ހަވީރު 3:25 ގައެވެ.


ހައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އިތުރު 150 ކޯޓާ މިއަހަރު ލިބިފައިވާ ކަމަށެވެ. އެއީ ރަސްމީ 1000 ކޯޓާގެ އިތުރުންނެވެ.


މިއާއެކު ހަތަރު ފްލައިޓެއްގައި ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދާއިރު، މިހައިތަނަށް ވަނީ ދެ ފްލައިޓުގައި 651 މީހުން ވަނީ ފުރާފައެވެ.


ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އިތުރަށް ލިބުނު 150 މީހުންގެ ޖާގައަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށެވެ.


ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ތެރޭގައި 50 މީހުންނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުގެ ދަށުން، ފަގީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޭ ފުރުޞަތެކެވެ.


ކިޔުންތެރިންގެ ހިޔާލު