ޚަބަރު ރާއްޖެ

އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ދީނީ ނަސޭހަތް ދިނުމުގެ 2 ވަަނަ ސެޝަން ބާއްވައިފި

މީޤާތު ހައްޖު އެންޑް ޢުމްރާ ގްރޫޕުން ކުރިއަށްގެންދާ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ 2 ވަަ ސެޝަން ބާއްވައިފިއެވެ.

 

އެ ގްރޫޕުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ދެވަނަ ސެޝަން ބާއްވާފައިވަނީ މާލޭގައި ހުންނަ ސީއެޗްއެސްސީ ހޯލުގައެވެ. 'އިސްލާމް ދީނުގައި ބެލެނިވެރިންގެ ޒިންމާ' މި މައުޟޫއަށް ސެޝަން ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް ޢަބްދުﷲ ސައުދާންއެވެ.

 

މި ސެޝަންގައި ޝައިޚް ވަނީ އިސްލާމް ދީނުގައި ބެލެނިވެރިން މާނަކުރާގޮތާއި ޒިންމާތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. ހާއްސަކޮށް އަޑުއިވުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ބެލެނިވެރިންގެ ޢަމަލުތައް ހުންނާންވާނެ ގޮތާއި އެކަމުގެ ސަބަބުން މާތްﷲ ގެ ހަޟުރަތުގައި އުފުލޭ ދަރަޖަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

 

މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ މި ސެޝަންތައް މުސްތަގުބަލުގައި ރާވައި، ހިންގާނެ ކަމަށް މީގާތު ގްރޫޕުން ހާމަކުރައްވައެވެ.

 

މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕަކީ އުމްރާ އަށް މީހުން ގެންދިއުމުގައި ގިނަ ބައެއްގެ ރުހުމާއި ލޯބި ހޯދާފައިވާ ގްރޫޕެކެވެ. އަދި އެ ގްރޫޕުން އަންނަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • ކޮމެންޓް