ޚަބަރު ރާއްޖެ

ބޮޑުވަޒީރު މޯދީގެ ޝަރަފްގައި ރައީސްގެ ދެކަނބަލުންގެ ފަރާތުން ޖާފަތެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

 

ބޮޑުވަޒީރު މޯދީ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މި ޖާފަތް ދެއްވާފައިވަނީ ރޭގައެވެ. މި ޖާފަތުގައި ނައިބިު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މީގެއިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ރާއްޖެއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ އިންޑިއާގެ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ.

 

 


  • ނައިބު ރައީސް
  • މެޑަމް ސާޖިދާ
  • އިންޑިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް