ޚަބަރު ރާއްޖެ

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިކަން ދިނުމަށް ލަންކާއާއެކު އެއްބަސްވުމެއް

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިކަން ދިނުމަށް ރާއްޖެއިން ސްރީލަންކާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރެވެ.

 

ރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކުލަވާލި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. މީގެބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދަމަހައްޓައި، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ.

 

މީގެއިތުރުން އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

 


  • ސްރީލަންކާ
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް