ޚަބަރު ރާއްޖެ

އުމްރާއަށް ދާންވީ މީޤާތު ގްރޫޕާއެކު، ޑިސެމްބަރ އުމްރާއަށް ހުޅުވާލައިފި

މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު މިއަހަރުގެ ޑިސެމްބަރ މަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

 

މިދަތުރުގެ އަގުގެ ގޮތުގައި 29,500 ރުފިޔާ ނަގާއިރު، ޓިކެޓާއި ވިސާ ހަމަޖައްސައިދީ ތޯއިފް ދަތުރު ހިލޭ ލިބޭނެއެވެ. އަދި ދަތުރުގައި ދީނީ އިލްމުވެރިންގެ ބައިވެރިވެ، ކަންކަން އޮޅުންފިލުވައިދިނުމާއި ދީނީ ދަރުސް ދިނުން ވެސް ކުރިއަށްދާނެއެވެ.

 

މީގެއިތުރުން ތިން އުމްރާ ކުރުމުގެ ފުރުސަތާއި ހަރަމްފުޅާ ކައިރި ހޮޓަލުގައި ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދެއެވެ. އަދި މައްކާއާއި މަދީނާ ޒިޔާރަތުގެ ދަތުރާއި ފަސް ލީޓަރުގެ ޒަމްޒަމް ފެންފުޅިއެއް ވެސް ލިބޭނެއެވެ.

 

ހަމަމިއާއެކު ދިވެހި ރަހަތަކުގެ ކެއުން ފޯރުކޮށްދޭއިރު، އުމްރާ ކިޓުވެސް ދެއެވެ. އޭގައި ހިމެނެނީ އިހްރާމް، ދުއާ ފޮތް، ފައިވާން ކޮތަޅު އަދި ބުރުގާ ޓެގްއެވެ.

 

 

މީޤާތު ހައްޖު އެންޑް އުމްރާ ދަތުރުތަކާއިގުޅޭ މައުލޫމާތު ހޯދުމަށް 7755688 އަށް ގުޅުމަށް އެ ގްރޫޕުން އެދެއެވެ. އެ ގްރޫޕުން އުމްރާގެ އަޅުކަމަށް ކޮންމެއަހަރަކުވެސް ގިނަބަޔަކު ގެންދާއިރު، އުމްރާވެރިންގެ ކޮމެންޓު ވެސް ރަނގަޅެވެ.

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • އުމްރާ
  • ކޮމެންޓް