ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް ރައްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުހަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެގައުމާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.
ރައީސް ޑިސަނަޔަކާ ވިދާޅުވީ އެގައުމުން ރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް އެ މަނިކުފާނުގެ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށެވެ.
މިނިސްޓަރ ޑރ. ޚަލީލް ގެ އަރިހުގައި ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު ޢިމާދު އާއި ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.