ޚަބަރު ރާއްޖެ

މަރުހޫމް ހަސަން ސާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިފި

މަރުހޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިފިއެވެ.

 

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރުޙޫމް ޙަސަން ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވީ ވެލާނާ ބިލްޑިންގ ގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީގައެވެ.

 

އާންމުންނަށްވެސް ސޮއިކުރެވޭގޮތަށް ހުޅުވާލި މި ދަފްތަރުގައި އެންމެ ފުރަތަމަ ލިޔުއްވާ ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހިމާއި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ.

 

އަންނަ އޮގަސްޓްމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާފައި ހުންނައިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10 ން މެންދުރު 1 ޖަހަންދެން ސޮއިކުރެވޭނެއެވެ.

 

ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވާއިރު، ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި 29 ޖުލައި އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ނިންމެވިއެވެ.



މަރުހޫމް ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.

 


  • ޓޫރިޒަމް މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް