އުއްމީދަނީ މި މަސް ތެރޭގައި ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސްކޭންގެ ހިދުމަތް ފެށުން ކަމުގައި އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.
އެ ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި މިހާރުކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުން ވިދާޅުވީ މަސައްކަތްކުކުރަމުން ދަނީ މިމަހުގެ ނިޔަލަށް އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ނިމެންވާއިރަށް ހިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމްކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މޭއި މަހުއެވެ.
ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ފުވައްމުއް ސިޓީ އަށް މިވަގުތު އެންމެ ބޭނުންވެފައިވާ އެއް ހިދުމަތަކީ ސީޓީ ސްކޭން ކަމަށް އެ ހޮސްޕިޓަލުން މީގެކުރީން ވެސް ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށް ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ހިދުމަތް ފެށުމަށްޓަކައި އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ 2023 ވަނަ އަހަރު، އެ މަސައްކަތް ހަވާލުކުރީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާއަށެވެ.