ޚަބަރު ރާއްޖެ

ޖުޑީޝަރީ ކޮމެޓީން ޑރ. އަނާރާ ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޑރ. އަނާރާ ނަޢީމް ވަކިކޮށްފިއެވެ.

 

ޑރ. އަނާރާ އެ ކޮމެޓީން ވަކިކޮށްފައި މިވަނީ އުއްތަމަ ފަނޑިޔާރަށް ރުހުން ދިނުމަށް ކުޑަތަންވެފައި ވަނިކޮށްނެވެ.

 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކަށް ގެނެސްފައިވާ ބައެއް ބަދަލުތައް ރިޔާސަތުން ވަނީ އިއްވަވާފައެވެ. އެގޮތުން ޖުޑީޝަރީ ކޮމެޓީން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވަކިކޮށް އެކޮމެޓީއަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު އައްޔަން ކޮށްފައިވާކަން ވަނީ އިއުލާނު ކުރައްވާފައެވެ.



މިބަދަލު ގެންނަވާފައިވާއިރު، އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ތަޅުމުގައި މިކަމަށް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

 


  • މަޖިލިސް ރައީސް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް