ރާއްޖޭގެ އާބާދީގެ ހާލަތު ދިރާސާކުރުމާ (ޕޮޕިއުލޭޝަން ސިޓުއޭޝަން އެނަލިސިސް - ޕީ.އެސް.އޭ) ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ.
ޔޫ.އެން.އެފް.ޕީ.އޭ (UNFPA) އާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ޕްރޮފެސަރ މުޙައްމަދު ޖަލާލް އަބްބާސީ-ޝަވާޒީ ބައިވެރިވެވަޑައިގެންނެވިއެވެ. ޕީ.އެސް.އޭ އަކީ ރާއްޖޭގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ އާބާދީގެ މިސްރާބު ކަނޑައެޅުމުގައި އަދާކުރާ މުހިންމު ދައުރު ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ އަސާސީ ދިރާސާއެކެވެ.
މި ދިރާސާއިން ލިބޭ މައުލޫމާތަކީ އާބާދީއާ ގުޅޭ ގޮތުން ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކުރިއަށް އޮތްތަނަށް ރާއްޖެ ތައްޔާރުކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭނެ މައުލޫމާތެއްކަމަށް ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
ޔޫ.އެން.އެފް.ޕީ.އޭ އިން ރާއްޖެއަށް އާބާދީގެ ދިރާސާކުރުމުގައި ދެމުންގެންދާ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. މިފަދަ ދިރާސާތަކުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބަދަލުތަކާއި އާބާދީއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ފަސޭހަވާނެއެވެ. އަދި ރާއްޖޭގެ މުސްތަގުބަލަށް އާބާދީގެ ހާލަތު ބައްޓަންކުރާނެ ގޮތްތައް ދެނެގަތުމަށް ވެސް ފަސޭހަވެގެންދާނެއެވެ.