ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުުމުގެ ހިދާމަވެރި ހާދިސާގައި ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ސެމިއުލް އޮކުޒެޓޫ އަބްލަކްވާއަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހާދިސާގައި އެގައުމުގެ ޑިފެންސް މިނިސްޓަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އަދި އެގައުމުގެ އިތުރު އޮފިޝަލުން ވަނީ އަވަހާރަވެފައެވެ.
މިނިސްޓަރ ޑރ. ޚަލީލުގެ މެސެޖުގައި އެހިތާމަވެރި ޚަބަރު އަޑުއެއްދެވީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކުގައިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ވަނީ ތައުޒިޔާ ދަންނަވާފައެވެ.