މީޤާތު ގްރޫޕާއެކު މިއަހަރުގެ ޖުލައި މަހު އުމްރާ އަށް ދިޔަ ކުޑަކުދިންނަށް ހާއްސަ ހަދިޔާއެއް ބަހައިފިއެވެ.
އެ ގްރޫޕުން 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން ހާމަކުރައްވާފައިވާ ގޮތުގައި ޖުލައި މަހުގެ އުމްރާ އަށް ދިޔަ ކޮންމެ ކުއްޖަަކަށް ވެސް ވަނީ ހާއްސަ ހަދިޔާއެއް ދީފައެވެ. އަދި މިކަމަށްޓަކައި ވަނީ ކުޑަ، އެހެނަސް ހާއްސަ ހަފުލާއެއް ވެސް ބާއްވާފައެވެ.
މި ހަދިޔާ އެކުދިންނާ ހަވާލުކުރީ މިދަތުރުގައި އެ ގްރޫޕާއެކު ވަޑައިގެންނެވި ޝޭޚުން ކަމަށާއި މީގެބޭނުމަކީ އެކުދިންނަށް ހިތްވަރުދިނުމާއެކު އުފާވެރިކަމުގެ ޝުއޫރެއް ގެނެސްދިނުން ކަމުގައި ވެސް އެ ގްރޫޕުން ވިދާޅުވެއެވެ. އަދި މިއީ މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިންގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމުގައި ވެސް ވިދާޅުވެއެވެ.
މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕަކީ އުމްރާ އަށް ރާއްޖެއިން މީހުން ގެންދާ ގްރޫޕުތަކުގެ ތެރެއިން ގިނަބައެއްގެ އިތުބާރާއި ލޯބި ހޯދާފައިވާ ގްރޫޕެކެވެ. އެގޮތުން އެ ގްރޫޕާއެކު އުމްރާގެ މަތުވެރި އަޅުކަމަށް ދާ ގިނަ މީހުން އަބަދު ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި ދެވަނަ ނުވަތަ ތިންވަނަ ފަހަރަށް ވެސް އެ ގްރޫޕާއެކު އުމްރާގެ އަޅުކަމަށް ދާ މީހުން ވެސް މަދެއް ނޫނެވެ.
އެ ގްރޫޕުން އުމްރާ އަށް ގެންދިއުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ. އެގޮތުން ދީނީ ދަރުސް ދިނުމާއި އަޑުއުވުމުން މަހްރޫމުވެފައިތިބި ފަރާތްތަކަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވެސް ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.