ޕާކިންގ ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

4 months ago

އަފްރާހް

ޕާކިންގ ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޯކޮށްލާފައިވަނީ ހޮޓެލް ކައިރީ ޕާޚިންގ ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ކަމަށެވެ. އަދި އެކން ކުރި މީހާ ދެނެގަނެވިފައިވާ ކަމަށެވެ.


ފުލުހުން ވިދާޅުވީ މެދު ޒިޔާރަތްމަގުގައި ހޮޓެލް ޖެން ކައިރީ ޕާކިންގ ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 3:03 ހާއިރު ކަމަށެވެ. އަދި 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ވެފައިވާކަމަށެވެ. އޭގެ ތެރެއިން 3 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤިގުކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު