ރާއްޖެއާއި އިންޑިއާ އެކު އޮތީ ވަރުގަދަ ގުޅުމެއް ކަމަށާއި އެގައުމަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުކުރެވޭ ބައިވެރިއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެގައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެގައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ މިނިވަން ދުވަހާއި، އެދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދޭކަން ހާމަކުރައްވާފައެވެ.
ރާއްޖެއާއި އިންޑިއާ އާދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް، ދެގައުމަކީ ވިޔަފާރީގެ ގުޅުންތައް ހިންގަމުންދިޔަ ދެގައުމެވެ.