އަބްދުއްރަހީމް އާއި ރިޟާ، ޖޭއެސްސީ އަށް

4 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއއިްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޖޫން 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީ އަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ. ގުރައިދޫ، ޝީވީޑް ޙުސައިން ރިޟާ އާދަމްއެވެ.


ޢަބްދުއްރަޙީމް ޢައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އަދި ޙުސައިން ރިޟާ ޢައްޔަންކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.


މި ދެ ބޭފުޅުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.


މި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް އެރުވީ ރައީސް ޑރ. މުއިއްޒުއެވެ.


ކިޔުންތެރިންގެ ހިޔާލު