ޚަބަރު ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމުތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމުތަކެއް ފެށުމަށް ނިންމައިފިއެވެ.

 

މިއީ ސޯޝަލް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމްތަކެކެވެ.

 

ސޯޝަލް މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުހުޅުވާލާފައިވާ ކަމަށެވެ. އަދި މިއީ އެއްވެސް ފީއެއް ނުނަގާ ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމުގައި ވެސް ވިދާޅުވިއެވެ.

 

މި ޕްރޮގްރާމުގައި އަތްތެރި މަސައްކަތް، ކުރެހުން، ކޭކު އެޅުން، ފެޝަން ޑިޒައިން ކިޔައިދޭނެއެވެ. އަދި ގަހަނާ ހެދުމާއި ފޮޓޯ ނެގުމުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

މިކަމާއިގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 1433 ނުވަތަ 7206558 އަށް ވައިބަރ ކުރުމުން ލިބޭނެއެވެ.

 

މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން https://t.co/TPfSCElvEM ގޫގްލް ޝީޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

 


  • ޕޮލީ ޓެކްނިކް
  • ސޯޝަލް މިނިސްޓްރީ
  • ޖެންޑަރ މިނިސްޓްރީ
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް