ޚަބަރު ރާއްޖެ

ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމަށް ތަމްރީން ޕްރޮގްރާމެއް އިހަވަންދޫގަ

"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ހއ. އިހަވަންދޫގައި ފަށައިފިއެވެ.

 

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމް ފެށީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި މަހުގެ 26 ގެ ނިޔަލަށް ކުރިއަށްދާ މިތަމްރީނުގައި 12 ފަރާތަކުން ބައިވެރިވިއިރު، 8 އަންހެނުންނާއި 4 ފިރިހެނުން ކަމަށް ވެސް ހާމަކުރައްވައެވެ.

 

މިތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ޢަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ވިޔަފާރީގެ އުސޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.

 

މި ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދެނީ މިނިސްޓްރީގެ ފަންނީ ދެ މުވައްޒަފުންނެވެ.

 


  • ފިޝަރީޒް މިނިސްޓްރީ
  • ކޮމެންޓް