ޚަބަރު ރާއްޖެ

އޯޒޯން ފަށަލަ ހިމާޔަތްކުރުމާބެހޭ މުހިންމު ސައިޑް އިވެންޓެއްގައި މިނިސްޓަރ ތޯރިގް

އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ކުރެވުނު މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރާ ސައިޑް އިވެންޓެއްގައި ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

 

މި އިވެންޓަކީ #APENVFORUM ގެ ތެރެއިން، ޔޫއެންއީޕީ އޯޒޯން (UNEP Ozone) ގެ އިންތިޒާމުގެ ދަށުން ބޭއްވި އިވެންޓެކެވެ.

 

"ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އެންޑް ކިގާލީ އެމެންޑްމަންޓް – އަ ލެގަސީ އޮފް އޯޒޯން އެންޑް ކްލައިމެޓް އެކްޝަން" މި ނަމުގައި ކުރިއަށްދިޔަ މި ސައިޑް އިވެންޓްގެ މައިގަނޑު މަގުސަދަކީ އޯޒޯން ފަށަލައަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކިގާލީ އެމެންޑްމަންޓްގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލުމެވެ.

 

މިއީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން ހާމަކޮށްދޭ އިވެންޓެކެވެ.

 

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލާ ކުރިމަތިލާންޖެހޭ އެއް ޤައުމެވެ. އެހެންކަމުން، މިފަދަ ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ބައިވެރިވެ، ދުނިޔެ ހޫނުވުން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ މުހިންމު ބައެކެވެ.

 

މިނިސްޓަރ ޠާރިޤް އިބްރާހިމް މި އިވެންޓްގައި ބައިވެރިވެވަޑައިގެންނެވުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތު އަލުން ހާމަކޮށްދޭ ކަމެކެވެ.

 

 


  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް