ވ. އަތޮޅުގެ 2 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ) ގެ ހިލޭ އެހީއާއި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން އެކުލަވާލާ، ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.
އެ ދެރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49 ރުފިޔާއެވެ.
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ނިޒާމެވެ. މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.
މިދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް 3 ސެޕްޓެމްބަރ ގައި ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީން ވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.
އެގޮތުން ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްއާއި ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.