ޚަބަރު ރާއްޖެ

މީޤާތުގެ ޑިސެމްބަރ އުމްރާ، މިހާރު ހުރީ މަދު ޖާގަތަކެއް!

މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު މިއަހަރުގެ ޑިސެމްބަރ މަހު އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާރުހުރީ މަދު ޖާގަތަކެއް ކަމުގައި އެ ގްރޫޕުން ބުނެފިއެވެ.

 

އެ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި ޑިސެމްބަރ މަހުގެ އުމްރާއަށް ފުރުސަތު ހުޅުވާލުމުން ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި މިހާރުވެސް ގިނަފަރާތްތަކުން މިހާރުވެސް ގުޅާ، މެސެޖުކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

 

"އަލްހަމްދުލިﷲ. ތަރުހީބު ވަރަށް ރަނގަޅު. ގާތްގަޑަކަށް ހުރިހާ ޖާގައެއް ވެސް ދަނީ ފުލްވަމުން. ވަރަށް މަދު ޖާގައެއް ބާކީ ހުރީ. އަޅުގަނޑުމެންގެ ޖާގަ ދެނީ ނަން ނޯޓު ކުރުމަށްފަހު، ނަން ރިފަންޑްބަލް 5000 ރުފިޔާ ދައްކާ ތަރުތީބުން."

 

މީޤާތު ގްރޫޕުން އިތުރަށް ބުނީ އެފައިސާ ދެއްކުމާއެކު ޖާގަ ކަށަވަރުވީ ކަމަށާއި އެދަތުރުގެ އަގަށްވާ ފައިސާ ދެއްކުމުގައި ވެސް ފަސޭހަތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އެއްފަހަރާ ފައިސާ ނުދެއްކިނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި އެކިފަހަރުމަތީން ފައިސާ ދައްކާ ޚަލާސް ކުރެވިދާނެ ކަަމަށް ބުންޏެވެ.

 

މިއަހަރުގެ ޑިސެމްބަރ އުމްރާ ދަތުރުގެ އަގަކީ 29,500 ރުފިޔާއެވެ. އޭގެތެރޭގައި ޓިކެޓާއި ވިސާ ހަމަޖައްސައިދީ ތޯއިފް ދަތުރު ހިލޭ ލިބޭނެއެވެ. އަދި ދަތުރުގައި ދީނީ އިލްމުވެރިންގެ ޓީމަކުން ބައިވެރިވެ، ކަންކަން އޮޅުންފިލުވައިދިނުމާއި ދީނީ ދަރުސް ދިނުން ވެސް ކުރިއަށްދާނެއެވެ.

 

 

 

މީގެއިތުރުން ތިން އުމްރާ ކުރުމުގެ ފުރުސަތާއި ހަރަމްފުޅާ ކައިރި ހޮޓަލުގައި ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭއިރު، މައްކާއާއި މަދީނާ ޒިޔާރަތުގެ ދަތުރާއި ފަސް ލީޓަރުގެ ޒަމްޒަމް ފެންފުޅިއެއް ވެސް ލިބޭނެއެވެ.

 

ހަމަމިއާއެކު ދިވެހި ރަހަތަކުގެ ކެއުން ފޯރުކޮށްދޭއިރު، އުމްރާ ކިޓުވެސް ދެއެވެ. އޭގައި ދެ ޖިންސަށް ވެސް އިހްރާމް، ދުއާ ފޮތް، ފައިވާން ކޮތަޅު އަދި ބުރުގާ ޓެގް ހިމެނެއެވެ. އުމްރާވެރިންނަށް ފަސޭހަކޮށްދިނުމަށްޓައި މަދީނާ ދަތުރު ރާވާފައިވަނީ ރޭލުގައި ހިލޭ ދެވޭގޮތަށެވެ.

 

މީޤާތު ހައްޖު އެންޑް އުމްރާ ދަތުރުތަކާއިގުޅޭ މައުލޫމާތު ހޯދުމަށް 7755688 އަށް ގުޅުމަށް އެ ގްރޫޕުން އެދެއެވެ.

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • އުމްރާ
  • ކޮމެންޓް