ޚަބަރު ރާއްޖެ

ނޭޕާލަށް ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރެއް، ރައީސް ޑރ. މުއިއްޒުގެ ތަހުނިޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ރައިޓް ސުޝިލާ ކާރްކީ އައްޔަންކުރެއްވުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

 

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެކަމަނާއަކީ ނޭޕާލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައިވެއެވެ.

 

މީގެއިތުރުން އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

 

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން އެގައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

 

 


  • ނޭޕާލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް