ރައްޔިތުންގެ މަޖިލީުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލިސް އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ރަސްމީ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.