ޚަބަރު ރާއްޖެ

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް މިއަދު، ގަޑިއެއް އެޖެންޑާއެއް ނޭނގެ

ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީ ނޫސްވެރިން އިހިތިޖާޖު ކުރަނީ - ފޮޓޯ: އަލިބެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި މިއަދު ބޭއްވުމަށް ނިންމާފައިވީނަމަވެސް، ޖަލްސާ ބާއްވާނެ ގަޑިއާއި އެޖެންޑާ ހާމައެއް ނުކުރައްވައެވެ.

 

މަޖިލީހުގެ ޖަލްސާތައް އާންމުގޮތެއްގައި ހެނދުނު 9 ޖަހާއިރު، ފަށައެވެ. އެކަމަކު ކުއްލި ޖަލްސާތަކާއި ދައުރުން ބޭރުގައި ބާއްވާ ޖަލްސާތައް އެހެންވަގުތުތަކުގައި ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މަޖިލިސް އިދާރާގެ ވެބްސައިޓު ވެސް މިހާރުވަނީ ޑައުންވެފައެވެ.

 

ބެލެވޭގޮތުގައި މިއީ ތުޅާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ރެގިއުލޭޓްކުރާ ބިލު ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ.

 

މި ބިލާއިގުޅިގެން ނޫސްވެރިންނާއި ބައެއް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށްއެދި ނޫސްވެރިން ހުށަހެޅި ޕެޓިޝަންގެ މަސައްކަތް ކުރިއަށްނުގެންދިއުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ ޕެޓިޝަނުގައި ފާހަގަކޮށްފައިހުރި ކަންކަން ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފޮނުވި ސިޓީގެ ޖަވާބުގައި އެކަންކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީކަމަށް އެ ކޮމެޓީން ވަނީ ހާމަކުރައްވާފައެވެ.

 

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން މަޖިލިސް އިދާރާދޮށަށް އެއްވެ، މިހާރުވެސް ދަނީ އިހުތިޖާޖުކުރަމުންނެވެ. އަދި އެ ބިލު ބޭރުކޮށްލުމަށް ދަނީ ގޮވަމުންނެވެ.

 


  • ނޫސްވެރިން
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް