މޯދީ އަށް، ރައީސް ނަޝީދު މަރުހަބާ ދަންނަވައިފި

4 months ago

އަފްރާހް

އަވަށްޓެރި އިންޑިއާގެ އާންމު އިންތިހާބު، ނަރެންދުރަ މޯދީ ކާމިޔާބު ކުރެއްވުމުން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިކީހޔގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.


ތިންވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކަށަވަރުކުރެއްވި ނަރެންދްރާ މޯދީއަށް މަރުހަބާ ދެންނެވި ރާއްޖޭގެ ފުރަތަމަ ސިޔާސީ ލީޑަރަކީ ވެސް ރައީސް ނަޝީދެވެ.


ރައީސް ނަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީގެ ޒައާމަތުގެ ދަށުން ތިންވަނަ ދައުރަކީ ވެސް، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ދުވަސްތަކަކަށް ވާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.


ރާއްޖެއާއި އިންޑިއާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވިއިރު، މޯދީ ނިސްބަތްވެވަޑައިގަންނަވާ އިންޑިއާގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވަނީ 292 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 239 ގޮނޑިއެވެ.


އިންޑިއާގެ އާންމު އިންތިޚާބުގައި މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 239 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު 272 ގޮނޑިން ލިބެއެވެ. މޯދީގެ ބީޖޭޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެނީ އެންޑީއޭ ކޯލިޝަންގެ ސަބަބުންނެވެ.


އެންޑީއޭއާ ވާދަވެރި "އިންޑިއާ" އަކީ ރާހުލް ގާންދީ ނިސްބަތްވެވަޑައިގަންނަވާ ނޭޝަނަލް ކޮންގްރެސް އިން ލީޑުކުރާ ކޯލިޝަނެވެ. ކޮންގްރެސްއަށް އިންތިޚާބުގައި ލިބިފައި ވަނީ 99 ގޮނޑިއެވެ. އިންޑިއާ ކޯލިޝަނަށް 230 ގޮނޑި ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު