ޚަބަރު ރާއްޖެ

ސަރުކާރުގެ އެއްވެސް ސިޔާސަތެއް ރައްޔިތުންނަށް ގެއްލުންވާނެގޮތަަކަށް ބައްޓަންނުކުރާނަން: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސަރުކާރުގެ އެއްވެސް ސިޔާސަތެއް ބައްޓަންނުކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ފެލިދެ އަތޮޅު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެރަށު ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. އަދި ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށެވެ.

 

ރައީސް ވިދާޅުވީ އެގޮތަކީ ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80  އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްގީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ. މިއާއެކު، ފެލިދެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީ.އެމް.އެލްގެ އޭ.ޓީ.އެމް ހިދުމަތް މިވަނީ ރަސްމީކޮށް ދެވެން ފެށިފައެވެ.

 

 


  • ވ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް